,
ނަންބަރު : (IUL)310-ESMS/310/2026/9
ޕަބްލިޝްކުރި ތާރީޚު :30 މާޗް 2026
ސުންގަޑި :09 އޭޕްރިލް 2026

މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިހުރި ހޮޅިދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން

ރ.މީދޫގެމަގުތަކާއިއިޖުތިމާޢީސަރަހައްދުތަކުގައިޖަހާފައިހުރިހޮޅިދަނޑިތައްމަރާމާތުކޮށްބެލެހެއްޓުންއައުޓްސޯސްކުރުމާބެހޭ

1.      ރ.މީދޫ އިޖުތިމާޢީ ސަރަހައްދުތައް ދިއްލުމަށް ޖަހާފައިވާ މަގު ބައްތިތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

2.      ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2026 އޭޕްރިލް 02 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.

3.      ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2026 އޭޕްރިލް 02 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.

4.      ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރިލް 09  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

            އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.

·          މަސައްކަތުގެ އަގު                            %85

·         މަސައްކަތު ދާއިރާއިން ލިބިފައިވާ ސަނަދުތައް            %10

·         ތަޖްރިބާ                                    %5

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

އިތުރު އިއުލާންތައް