ކައުންސިލް

މީދޫ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން” އިން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރާއި އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫ ޝަޚުސެކެވެ.

ތަޞައްވުރު

މީދޫއަކީ، އިސްލާމް ދީނާއި ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން، ތަރައްޤީއާއި، ތަމައްދުންގެ ގޮތުން، ކުރިއަރާފައިވާ، ދިވެހިންގެ ތަޤާފަތު ދިރުވާ، ޢަދުލު އިންސާފުން ރައްޔިތުންނަށް ޙައްޤުތަކާއި، ޚިދުމަތްތައް ލިބިދެވޭ، ރައްޔިތުން ފަޚުރުވެރިވާ ނަމޫނާ ރަށަކަށް ހެދުން.

އަމާޒު

މީދޫގެ ތަރައްޤީއާއި، ތަހުޒީބާއީ، ތަމައްދުންއަކީ، ދުރަށް ރާވައިގެން، މަޤްޞަދު ޙާޞިލުކުރުމަށް، ރަށުގެ ރައްޔިތުން ގުޅިގެން، ކަމާބެހޭ ފަރާތްތަކުގެ އެހީއާއި، އެއްބާރުލުމާއެކު ޙާޞިލުކުރެވޭ ނަމޫނާއަކަށް ހެދުން.