ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 110 ވަނަ މާއްދާގައި ބުނާ ސިޓީ ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބުރުއަރީ އާއި ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު މިއަހަރުގެ ފެބުރުއަރީމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 23 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައި މީދޫ ކައުންސިލް އިދާރާގެ ދަރުބާރު މާލަމުގައި އޮންނާނެއެވެ.
ހުށަހަޅާކަންކަން
1. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން
2. 2025 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށަހެޅުން
3. 2026 އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޙިއްސާކުރުން
ވީމާ މިބައްދަލުވުމަށް މީދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށްއެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
28 ޝަޢުބާން 1447
16 ފެބުރުއަރީ 2026