ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ
މިރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއާއި ގުޅިގެން، އެ ސަރަޙައްދުގެ ލޭންޑް ސްކޭޕަށް ގެނެވޭ ބަދަލާއިއެކު، އެ ސަރަޙައްދާއި ގުޅިފައިވާ މަގުތަކަށް އަރާ ރުއްގަހަށް ބަދަލުދިނުމަށް ފަހު، އެތަކެތި ނަގާގޮތަށްވަނީ ކައުންސިލްގެ 2026 ވަނަ އަހަރުގެ 4 ވަނަ ޢާންމު ބައްދަލުވުމުން ފާސްކުރައްވާފައެވެ.
ވުމާއިއެކު، ތިރީގައި ޗާޓްގައި ރީންދޫކުލައިން ފާހަގަކޮށްފައިވާ މަގުތަކަށް އަރާ 27 ރުކެއްގެ ވެރިފަރާތެެއް ވާނަމަ، 8 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން، ސިޓީއަކުން އެ މަޢުލޫމާތު ޙިއްޞާކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ކަނޑަންޖެހޭ ރުއްތައް ފާހަގަ ކުރުމަށް ފާހަގަކުރުމަށްޓަކާ އެ ކޮންމެ ރުކެއްގެ ވަށައިގެން ފިޔާތޮށިކުލައިގެ ދަވާދުން 1 ބަންދު އަޅައި، ނަންބަރު ޖަހާފައިވާނެއެވެ. ރުއްތަކުގެ ވެރިފަރާތް ޙޯދުމަށް މި ޢިއުލާނުގައި ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު، ވެރިފަރާތެއް ސާބިތުކޮށް ނުދެވޭ ރުއްތައްވެސް ނެގިގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
