,
ނަންބަރު :(IUL)310-CA/310/2025/04
ޕަބްލިޝްކުރި ތާރީޚު :23 ޖަނަވަރީ 2025
ސުންގަޑި :30 ޖަނަވަރީ 2025

ބިޑު ހުށަހެޅުމުގެ ފުރުޞަތު - އައްވާބީން މިސްކިތުގެ މަރާމާތުގެ މަސައްކަތް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު އައްވާބީން މިސްކިތުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑުގައި ރަޖިސްޓްރީ ވުމަށް

 https://forms.office.com/r/FUtmC3C6Ki

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން - 28 ޖެނުއަރީ 2025 - 11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި - 28 ޖެނުއަރީ 2025 - 14:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން - 30 ޖެނުއަރީ 2025 - 11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

އިތުރު އިއުލާންތައް