ޕްރީސްކޫލް އައު އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް އައު އިމާރާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލްމަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
ތާރީޚް17 އޭޕްރީލް 2025
ގަޑި11:00
ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި
17 އޭޕްރީލް 2025
14:00
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން
04 މެއި 2025
11:00
އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.