,
ނަންބަރު :(IUL)310-CA/310/2025/19
ޕަބްލިޝްކުރި ތާރީޚު :19 މާޗް 2025
ސުންގަޑި :25 މާޗް 2025

ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުޓްސަލް ދަނޑުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑުގައި ރަޖިސްޓްރީ ވުމަށް

 https://forms.office.com/r/NKrgi2ZVru

 

ތަފްސީލްމަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

ތާރީޚް23 މާރިޗް 2025

ގަޑި11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

23 މާރިޗް 2025

1:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން

26 މާރިޗް 2025

11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.     

އިތުރު އިއުލާންތައް