ޑްރައިވިން ލައިސެންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދުމާއި ގުޅޭ
ޑްރައިވިންލައިސެންސްދޫކުރުމަށްޕްރެކްޓިކަލްއެގްޒަމިނަރުންހޯދުމާއިގުޅޭ
މިކައުންސިލްގެ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ އޭ-ޒޯން ލައިސެންސްގެ ޕްރެކްޓިކަލް ކުރިޔަށް ގެންދިއުމަށް ތިރީގައިވާ މިދަންނަވާ އަދަދަށް އެގްޒަމިނަރުން ބޭނުންވެއެވެ.
· 2 އެގްޒަމިނަރުން
އެގްޒަމިނަރުންނަށްކުރިމަތިލާފަރާތްތަކުގެޝަރުތުތައް:
1. މަދުވެގެން A1،A0 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.(ދުއްވުމުގެ އަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
2. ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން.
3. ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
4. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
5. ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
6. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
7. ޑްރައިވިންގ ސްކޫލެއްގައި ވޭތިވެދިޔަ 5 އަހަރު އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން. އަދި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ނުވުން.
އެގްޒަމިނަރަށްދެވޭއުޖޫރަ
· A0 އަދި A1 ގެ ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް -/15ރ(ފަނަރަ ރުފިޔާ)
· އެހެނިހެން ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް -/25ރ(ފަންސަވިސް ރުފިޔާ)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖުލައި 06 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކާއިއެކު އެފަރާތެއްގެ ލައިސެންސް ކޮޕީ އަދި އައި.ޑީ ކާރޑް ކޮޕީ މިކައުންސިލަށް ހުށަހެޅުމަށް އެދި ދަންނަވަމެވެ.
13 މުޙައްރަމް 1448
28 ޖޫން 2026