,
ނަންބަރު :(IUL)310-ESMS/310/2026/15
ޕަބްލިޝްކުރި ތާރީޚު :22 ޖޫން 2026
ސުންގަޑި :25 ޖޫން 2026

ރުކުގެ ވެރިފަރާތް ހޯދުން

މިރަށު ހުޅަނގު ފަރާތުގައި، ޔުނިވާސް އޭ ކިޔުނު ގޯތިން ފެށިގެން ހަމަހަމަ އޭ ކިޔުނު ގޯތީގެ ހުޅަނގުން (ބަންގާޅުމަގުގެ ހުޅަނގުގައި) އޮތް ސަރަހައްދު ވަނީ އޮޑިދޯނިފަހަރު ބަނުމަށާއި މަރާމާތުގެ މަސައްކަތް ކުރުމަށް ކުލީބިންތަކެއްގެ ގޮތުގައި ދޫކުރަން ކައުންސިލުން ނިންމާފައެވެ. އެ ސަރަހައްދުގެ ހޭޅިފަށުގައި ހުރި ބޯކެޔޮ ގަސްތަކުގެ ތެރޭގައި ޖެހިޖެހިގެން ހުރި 3 ދިވެހި ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

 ދެންނެވުނު 3 ރުކުގެ މިލްކުވެރިކަން ކަށަވަރުކުރުމަށްޓަކައި ރުއްތަކުގެ ވެރިފަރާތުން ރުއްގަހުގެ ރަޖިސްޓްރީއާއެކު 25 ޖޫން 2026ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ރުއްތަކުގެ މިލްކުވެރިކަން ސާބިތުކޮށްދެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.       

އިތުރު އިއުލާންތައް