ނަންބަރު :(IUL)310-CA/310/2025/51
ޕަބްލިޝްކުރި ތާރީޚު :31 ޑިސެމްބަރ 2025
ސުންގަޑި :05 ޖަނަވަރީ 2026
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ:
މިރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއާއި ގުޅިގެން، މި އިޢުލާނުގެ ޗާޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި، ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ، އެބިމުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ހުރިނަމަ ރުއްގަހުގެ ބާވަތާއި، ވެރިފަރާތް އެއްގޮތަށް ފާހަގަކޮށް 5 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިކައުންސިލަށް އަންގަވާ ދެއްވުން އެދެމެވެ. މި ބިމުގައި ހުރި ރުއްގަހުގައި ކައުންސިލްގެ ފަރާތުން އޮރެންޖު ކުލައިން ވާނީ ފާހަގަކޮށްފައެވެ.
އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ އެބިމުގައި އަމިއްލަ ފަރާތެއްގެ އެއްވެސް ރުއްގަހެއް ނެތީކަމުގައި ބެލެވޭނެއެވެ.
ވީމާ މިކަން ޢާންމުކޮށްއެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
11 ރަޖަބް 1447
31 ޑިސެމްބަރު 2025

އިތުރު އިއުލާންތައް
09 ފެބްރުއަރީ 2026
(IUL)310/310/2026/4
09 ފެބްރުއަރީ 2026
(IUL)310/310/2026/5