,
ނަންބަރު :(IUL)310-CA/310/2025/13
ޕަބްލިޝްކުރި ތާރީޚު :20 ފެބްރުއަރީ 2025
ސުންގަޑި :27 ފެބްރުއަރީ 2025

ވަޒީފާގެ ފުރުޞަތު - އެޑްމިން އޮފިސަރ (ޕްރީސްކޫލް)

މަޤާމު: އެޑްމިން އޮފިސަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (2 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން: ރ. މީދޫ ޕްރީސްކޫލް

މުސާރަ: މަހަކު 3500.00 ރުފިޔާ

ސާވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ އެލަވަންސް: ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 45.00 ރުފިޔާ

  • ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޕްރީސްކޫލް ހުޅުވާ ލެއްޕުމާއި، ސްކޫލްގެ ޙަރަކާތްތައް ހިންގުމުގައި ހުޅުވަންކަނޑައެޅިފައިވާ ގަޑިތަކަށް ހުޅުވާ ލެއްޕުމުގެ އިންތިޒާމްތައް ބެލެހެއްޓުން

  • ޕްރީސްކޫލްގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، މުވައްޒަފުންގެ ކަންކަން ބެލުމާއި ސްޕަވައިޒް ކުރުން

  • ޕްރީސްކޫލްގެ އިދާރާގެ ސްޓޮކް ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން

  • ޕްރީސްކޫލްގެ އިންވެންޓްރީ ހަމަޖެހިފައިވާ ޢުޞޫލުން ބެލެހެއްޓުމުގައި ކައުންސިލަށް އެހީތެރިވުން

  • ޕްރީސްކޫލް މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ރިޕޯޓްފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ރިޕޯޓް ފޮނުވުން.

  • މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ހެދުމާއި، ބެލެހެއްޓުން

  • ޕްރީސްކޫލަށް ލިބޭ ސިޓީ މެސެޖު ފަދަ ލިއުންތައް  ބަލައިގަނެ ރެކޯރޑްތައް ބަލަހައްޓާ ޖަވާބުދޭން ޖެހޭ ލިއުންތަކަށް ޖަވާބު ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން

  • ޕްރީސްކޫލަށް ބަލައިގަންނަން ކައުންސިލުން ކަނޑައަޅާ ފީ ހަމަޖެހިފައިވާ އުޞޫލުން ބަލައިގަތުމާއި ކައުންސިލް އިދާރާއަށް އަންގާގޮތެއްގެ މަތިން ޖަމާކުރުން

  • ޕްރީސްކޫލްގެ މުވައްޒަފުންގެ މުސާރަ ޝީޓުތައް ކަނޑައެޅިފައިވާ އުޞޫލުން ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

  • ޕްރީސްކޫލަށް ގަންނަންވާ ތަކެތި ގަތުމުގަ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކައުންސިލް އިދާރާއާއި ގުޅިގެން ކުރުން

  • މީގެ އިތުރުންވެސް ޕްރީސްކޫލްގައި ކުރަންހުންނަ އިދާރީ މުވައްޒަފެއްގެ ޒިންމާތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން ކުރުން 

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން

  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ވަޒީއަށް އެދޭ ފޯމް (މިފޯރމް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ،  https://raameedhoo.gov.mv/images/Application%20Form_RMC-1740021859440.docx މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަމްބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ލިޔެފައިވާ ލިޔުންތައް ކިޔަށް އެނގޭފަދަ ކޮޕީއެއް.

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  • މަސައްކަތު ތަޖުރިބާ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން %30

  • ޝަރުތު ހަމަވުމަށްބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ %5

  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5

  • އިންޓަރވިއު %35

  • އިމްތިޙާން 25%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރުއަރީ 2025 ގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 މާރޗް 9 އިން 13 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައްޔާއި މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

އިތުރު އިއުލާންތައް