ބަނދަރުގައި ޕާކިންގ ޒޯނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ޕާކިން އޭރިޔާ އެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް
ތާރީޚް
ގަޑި
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
27 ނޮވެމްބަރު 2025
11:00
ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި
27 ނޮވެމްބަރު 2025
14:00
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން
04 ޑިސެމްބަރު 2025
11:00
އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
03 ޖުމާދަލްއާޚިރު 1447
23 ނޮވެމްބަރު 2025