ރ. މީދޫ މަގުތަކުގެ ކާނުތަކާއި، ކާނުތަކާ ގުޅިފައިވާ ހޮޅިތައް ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިއުލާން)
މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މަގުތަކުގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރު (IUL)310-ESMS/310/2025/33 އާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރިފަރާތުން މަސައްކަތް ދޫކޮށްލާފައިވާތީއާއި، ދެން އަގު ހުށަހެޅި ފަރާތުން ހުށަހެޅި އަގުތައް ބޮޑުކަމަށް ބިޑް ކޮމިޓީއަށް ފެންނާތީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އާއި، ބިޑަށް ރަޖިސްޓްރީ ކުރުމާއި، ބިޑް ހުލުވުން އޮންނާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
ޕްރީ ބިޑް މީޓިންގ
05 އޮކްޓޯބަރު 2025 (އާދިއްތަ)
ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި
ބިޑަށް ރަޖިސްޓްރީ ކުރުން
05 އޮކްޓޯބަރު 2025 (އާދިއްތަ)
މެންދުރު ފަހު 2:00 ގެ ކުރިން
ބިޑް ބަލައިގަތުމާއި ހުޅުވުން
12 އޮކްޓޯބަރު 2025 (އާދިއްތަ)
ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި
ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.
މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑަށް ރަޖިސްޓްރީ ކުރުމުން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
08 ރަބީޢުލްއާޚިރު 1447ހ
30 ސެޕްޓެމްބަރު 2025 މ