މުނިސިޕަލް ސުޕަވައިޒަރު
މުނިސިޕަލް ސުޕަވައިޒަރުގެ ގެ މަޤާމަށް މީހަކު ހޯދުމަށް ހޯދުމަށް އިއުލާނު ކުރަމެވެ.
މަޤާމު:
މުނިސިޕަލްސުޕަވައިޒަރ
ބޭނުންވާއަދަދު:
01(އެކެއް)
މަޤާމުގެގިންތި:
ވަގުތީ(6މަސްދުވަހަށް)
ވަޒީފާއަދާކުރަންޖެހޭތަން:
މާޅޮސްމަޑުލުއުތުރުބުރީމީދޫކައުންސިލްގެއިދާރާ/ރ.މީދޫ
މުސާރަ:
10،000ރުފިޔާ
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:
1- ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުން ސާފުކޮށް ބަލަހައްޓަންޖެހޭ ބިންތަކާއި ރަށުގެ ގޮނޑުދޮށްތަކާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރޭތޯ ބެލުމާއި، މަސައްކަތް މޮނިޓަރކޮށް ކޮންމެ ހަފްތާއަކު ވެސް ހަމަޖެހިފައިވާ އުސޫލުން މުނިސިޕަލް ސަރވިސް ސެކްޝަންއަށް ރިޕޯރޓުކުރުން.
2- ބޯޅަދަނޑުތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ޕާރކްތަކާއި ރަށުގެ ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުމާއި މި ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި ވިނަދިގުވިޔަނުދިނުމަށް މަސައްކަތު މުވައްޒަފުން ލައްވައި ވިނަކޮށުވައި ސާފުކުރުވުން.
3- ރަށުގެ މަގުމަތީގައި ހުއްދަނެތި ތަކެތި ބަހައްޓާފައިވޭތޯ ޗެކްކުރުމާއި، މަގުގައި ހިނގައިބިނގައި ނޫޅެވޭނެހެން މަގު ބަންދުވެފައިވޭތޯ ބަލައި މަގުމަތީގެ ޤަވާއިދުތަކާ ޚިލާފުވާނަމަ ފިޔަވަޅުއެޅުމަށް ސެކްޝަނަށް ރިޕޯރޓުކުރުން.
4- މަގުމައްޗަށް ވެއްޓިފައި ހުންނަ ގަސްތައް ނެގުވުމާއި ހިނގައި މީހުންނާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް މަގުމައްޗަށް ވާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތަކާއި ރުއްރުކުގެ ފަންތައް ކެނޑުވުމާއި އަދި އެންގުމަށް ޢަމަލުނުކުރާނަމަ ފިޔަވަޅު އެޅުމަށް މުނިސިޕަލް ސާރވިސް ސެކްޝަންއަށް ރިޕޯޓްކުރުން.
5- ރަށުގެ ބަނދަރު ބޭނުންކުރުމުގައި ޤަވާއިދާއި ޚިލާފަށް ޢަމަލުކުރޭތޯ ބަލައި، އަދި ބަނދަރުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުން އެކަމެއް ހުއްޓުވުމަށް މަސައްކަތް ކުރުމާއި ދިމާވާ މައްސަލަތައް ކޮންމެ ހަފްތާއަކު މުނިސިޕަލް ސެކްޝަންއަށް ރިޕޯރޓްކުރުން.
6- ރަށުތެރޭގެ ޢާއްމު ޙާލަތު ޤަވާއިދުން ޗެކްކުރުމާއި ގައު އަތުރާފައިވާ މަގުތަކުގައި އެއްވެސް މަރާމާތެއް ކުރަންޖެހޭތޯ ޗެކްކުރުމާއި މަރާމާތެއްކުރަންޖެހޭނަމަ، އެކަން މުނިސިޕަލް ސާރވިސް ސެކްޝަނަށް ލަސްނުކޮށް އެންގުމާއި ކައުންސިލުން އަންގާ ގޮތުގެ މަތިން މަގު ބެލެހެއްޓުމާއި މަގު މަރާމާތުކުރުމުގެ ކަންކަން ކުރުވައި ސެކްޝަނަށް ރިޕޯޓްކުރުން.
7- ގޭބިސީތަކުން ޤަވާއިދުން ކުނިނަގަމުންދޭތޯ ބެލުމާއި، ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ދޭތޯ ސްޕަވައިޒްކޮށް ކުނި މެނޭޖްކުރުމުގައި ހުރި ދަތިތައް ވިލަރެސްކޮށް ސެކްޝަނަށް ރިޕޯޓްކުރުން.
8- ކުނިކޮށިން ގޭޓްފީ ނެގުވުން
9- ވޭސްޓް މެނޭޖްމަންޓް ޑްރައިވަރު ނެތް ހާލަތުގައި ޑްރައިވަރުގެ ޒިންމާ އަދާކުރުން.
10- ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ރަށު ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް އެއްބާރުލުންދީ، މަސައްކަތްތައް ހިނގަމުންދާގޮތް ބަލައި ސެކްޝަނަށް ރިޕޯރޓްކުރުން
11- ކައުންސިލްއިން އެކި މަސައްކަތްތަކަށް ނަގާފައިވާ މަސައްކަތު މުވައްޒަފުންގެ ޙާޟިރީ އެކުލަވާލުމާއި، ކޮންމެ ހަފްތާއަކުވެސް ކަނޑައަޅާ ވަކި ދުވަހެއްގައި ކައުންސިލް އިދާރާއަށް ހާޟިރީ ހުށަހެޅުން.
12- ވޭސްޓް މެނޭޖްމަންޓް މުވައްޒަފުން ގަޑިއަށް ޙާޟިރުވޭތޯއާއި މަސައްކަތުގެ ގަޑިތައް ހޭދަކުރަނީ ރަނގަޅުގޮތުގައިތޯ ބެލުމާއި މުވައްޒަފުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑުތައް ހިފަހައްޓާތޯ ބަލައި، ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ސެކްޝަނުގެ ސަމާލުކަމަށް ގެނައުން.
13- ހުއްދައެއް ނެތި (މަގުކޮނުމާއި، ޙަރަކާތްތައް ހިންގުމާއި، އާންމު އުނދަގޫވާ ފަދަ އަޑުތައް އިއްވުމާއި، ގޭގެ އިންފާރު ރޭނުމަށް ޕޭވްމަންޓް ގައުތައް ނެގުމާއި، ނެޓްވޯކް ހޮޅިތެރެއިން ކޭބަލް ވެއްދުން ފަދަ ކަންކަމަށް) މަގު ބޭނުންކުރާނަމަ އެކަން ހުއްޓުވައި މުނިސިޕަލް ޔުނިޓަށް ރިޕޯޓްކުރުން.
14- ހުއްދަ ނެތި ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި ބީޗްތަކުގައި ޙަރަކާތްތައް ހިންގާނަމަ އެކަމެއް ހުއްޓުވައި މުނިސިޕަލް ޔުނިޓަށް ރިޕޯޓްކުރުން.
15- ގައުކުނޑިއާއި އެހެނިހެން ކުނިބުނި ކަނޑައެޅިފައިވާ ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކަށް އަޅާނަމަ އެކަމެއް ހުއްޓުވުން.
16- ޤަވާޢިދާއި ޚިލާފަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ބަލައި ރިޕޯޓްކުރުން.
17- ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާނަމަ އެކަމެއް ހުއްޓުވައި، ރިޕޯޓްކުރުން.
18- މީސްމީހުންގެ އަމިއްލަ ގެދޮރު ފިޔަވާ ރަށުގެ ހޭޅިފަށުގެ އެކިހިސާބުތަކުގައި ހުއްދައެއް ނެތި ލަކުޑިއާއި ދަރާއި ފަން ބަހައްޓައި ބޭނުންކުރާނަމަ އެކަމެއް ހުއްޓުވާ ރިޕޯޓްކުރުން.
19- ރަށުގެ ހޭޅިގައި ހެދިފައިހުންނަ ރުއްގަސް ކަނޑާ ހަދާނަމަ އެކަމެއް ހުއްޓުވާ ރިޕޯޓްކުރުން.
20- އަމިއްލަ ގެދޮރު ނޫން އެހެން ތަންތަނުގައި ހުއްދައެއް ނެތި ރުއްގަސް އިންދާ ނަމަ އެކަމެއް ހުއްޓުވުން.
21- ކުނިކޮށި ނޫން އެހެން ތަންތަނާއި އަމިއްލަ ގެދޮރުގައި ކުނި އަންދާ ހަދާނަމަ އެކަން ހުއްޓުވުން.
22- ރަށުގެ ވަށައިގެން ކަނޑައެޅިފައިވާ ސަރަޙައްދުތައް ނޫން އެހެން ތަންތަނަށް އުޅަނދުފަހަރު އެހެލާ ބޭނުންކުރާ ފަރާތްތައް ހުއްޓުވާ ރިޕޯޓްކުރުން.
23- މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބަލަހައްޓާތޯ ޗެކްކުރުމާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސެކްޝަނަށް ރިޕޯޓުކުރުން.
24- ރަށުގެ އިޙްތިޞާސްގެ ތެރޭގައި ކުރާ ވިޔަފާރިތައް ހިންގުމުގައި ތަބާވާންޖެހޭކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާ ކަންކަން ބަލާ އެކަންކަން ކައުންސިލަށް ރިޕޯޓްކުރުން.
25- ކައުންސިލް އިދާރާއިން ކަނޑައަޅައި އުސޫލެއްގެ މަތިން ރަށުތެރޭގެ ޙާލަތު ސެކްޝަންއަށް ޤަވާއިދުން ރިޕޯޓްކުރަމުން ގެންދިއުން.
26- ޤުދުރަތީ ޙާދިޘާއެއް މެދުވެރިގެން ކައުންސިލުން އަންގާ އެންގުންތަކަށް އިޖާބަދިނުން.
27- މިނޫންވެސް ކައުންސިލް އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތައް ވިލަރެސްކުރުމާއި އާއްމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ހައްލުހޯދައި ދިނުމާއި އަދި މިފަދަ ޝަކުވާތައް ސެކްޝަނަށް ރިޕޯރޓްކުރުން. އަދި ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅިގެން ކައުންސިލުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
މަޤާމުގެޝަރުޠުތައް:
1. ލިޔަންކިޔަންއެނގުން.
ނޯޓު:ލިޔަންކިޔަންއެނގޭކަންދެނެގަންނާނީ
· ސްކްރީނިންގމަރުހަލާގައިލިޔަންކިޔަންއެނގޭކަންކަށަވަރުކޮށްމިއިދާރާއިންދޫކުރާލިޔުމަށްބަލައިގެން.
ނުވަތަ
· ލިޔަންކިޔަންއެނގޭކަންބަޔާންކޮށްދައުލަތުގެއިދާރާއަކުންދޫކޮށްފައިވާލިޔުމަށްބަލައިގެން،
ނުވަތަ
· ގްރޭޑް5ނުވަތައެއަށްވުރެމަތީގަރޭޑެއްނިންމިކަންއަންގައިދިނުމުގެގޮތުންސްކޫލުންދޫކޮށްފައިވާލިޔުމަށްބަލައިގެން.
ހުށަހަޅަންޖެހޭލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކައުންސިލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://raameedhoo.gov.mv/downloads
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ:
ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:
އަސާސީޝަރުތުހަމަވުން:50%
އަސާސީޝަރުތަށްވުރެއިތުރަށްލިބިފައިވާތަޢުލީމު:5%
އަސާސީޝަރުތަށްވުރެއިތުރަށްލިބިފައިވާތަޖުރިބާ:5%
އިންޓަރވިއު:40%
ނޯޓް:މަޤާމަށްއައްޔަންކުރެވޭނީ،ވަޒީފާއަށްއެދިފައިވާފަރާތްތައްކްރައިޓީރިއާގެހުރިހާބަޔަކުންޖުމްލަ70(ހަތްދިހައިންސައްތަ)އިންފެށިގެންމަތިންޕޮއިންޓުލިބިފައިވާނަމައެވެ.
މަޤާމަށްއެދެންވީގޮތާއިސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ޖުލައި 2025 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 ޖުލައި 9 ން 10 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓުލިބުނުގޮތުގެޝީޓް(A2ޝީޓު)"އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580020 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
06 މުޙައްރަމް 1447
01 ޖުލައި 2025