,
ނަންބަރު :(IUL)310-CA/310/2024/54
ޕަބްލިޝްކުރި ތާރީޚު :19 އޯގަސްޓް 2024
ސުންގަޑި :26 އޯގަސްޓް 2024

ވިޒިޓާރސް ލައުންޖް ކުއްޔަށް ދޫކުރުން

މިރަށު ބަނދަރުގައި މި އިދާރާއިން ގާއިމްކޮށްފައިވާ "ވިޒިޓާރސް ލައުންޖް" ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިއުލާނު ނަމްބަރު (IUL)310-CA/310/2024/15 އާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރޭން ބިޑު ކާމިޔާބު ކުރިފަރާތުން، ތަން ދޫކޮށްލުމަށް ނިންމާފައިވާތީ، ވިޒިޓަރސް ލައުންޖު ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

                     މި ބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރެއްވުން އޮންނާނީ 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.

                     ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                     މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު އިއުލާންތައް