ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 110 ވަނަ މާއްދާގައި ބުނާ ސިޓީ ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އާއި ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު މިއަހަރު ޖުލައިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި ކައުންސިލްގެ ދަރުބާރު މާލަމުގައި އޮންނާނެއެވެ.
ހުށަހަޅާކަންކަން
1. 6 މަސްދުވަހުގެ ރިޕޯޓް ހުށަހެޅުން
2. 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަދި ބަޖެޓް ހިއްސާކުރުމާއި ޚިޔާލުހޯދުން
3. ކައުންސިލްގެ މަސައްކަތްތަކާ ބެހޭ ސުވާލާއި ޖަވާބު
ވީމާ މިބައްދަލުވުމަށް މީދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށްއެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.