,
ނަންބަރު :(IUL)310-ESMS/310/2026/27
ޕަބްލިޝްކުރި ތާރީޚު :23 ޖުލައި 2026
ސުންގަޑި :28 ޖުލައި 2026

ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަށް ގެނެވޭ ބަދަލާއިގުޅިގެން އަލަށް އުފެދޭ ބަނދަރު މަގަށްއަރާ ރުއްތަކުގެ ވެރިފަރާތް ހޯދުން

ރ. މީދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިނގުމުގެ ތެރޭގައި، ބަނދަރުގެ ފުޅާމިނަށް ގެނެވޭ ބަދަލާއި ގުޅިގެން، އަލަށް އުފެދޭ ބަނދަރު މަގަށް ( ތިރީގައިވާ ކުރެހުމުގައި ރީންދޫ ކުލައިން ފާހަގަކުރެވިފައިވާ ސަރަޙައްދަށް ) އަރާ 27 ރުކުގެ ވެރިފަރާތެއް ވާނަމަ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

                                                މި ރުއްތައް ފާހަގަ ކުރުމަށްޓަކާ ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާނެއެވެ.

 

                        އެހެންވެ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

 

                        09 ޞަފަރު 1448

                        23 ޖުލައި 2026

 

އިތުރު އިއުލާންތައް