ރަށުގައި ތިބި ބިދޭސީންގެ ދަފުތަރު އެކުލަވާލުން
ިދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަންބަރު: 2010/7 ގައިވާ ގޮތުގެމަތީން ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ދަފްތަރެއް ބެލެހެއްޓުމަކީ ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެގޮތުން 2026 ސެޕްޓެމްބަރ 13 ވާ އާދިއްތަ ދުވަހު ފެށިގެން ރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކައުންސިލާއި ޕޮލިހާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، ބިދޭސީންގެ ދަފުތަރު އެކުލަވާލުމަށްޓަކައި މިރަށުގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި 12:00 ދެމެދު މިއިދާރާއަށް ދުރުވެ ދަފްތަރުގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
1 ވާރކްޕާމިޓް ކާޑްގެ ކޮޕީ
2 ބިދޭސީމީހާ ގެންގުޅޭ ފަރާތުގެ ނުވަތަ އެމްޕްލޯޔަރގެ ނަމާއި، އެޑްރެސް އަދި ފޯން ނަމްބަރ
ވީމާ މިކަން ޢާންމުކޮށްއެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.