ޑްރައިވިން ލައިސަންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދުމާއި ގުޅޭ
ި އިދާރާގެ ނަންބަރު: (IUL)310-CA/310/2023/17 (28 ޖޫން 2026) އިއުލާން ބާތިލްކޮށް، ޑްރައިވިން ލައިސަންސް ދޫކުރުމަށް ބޭނުންވާ ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ބޭނުންވާއަދަދު:
· 2 އެގްޒަމިނަރުން ( އަންހެން )
· 2 އެގްޒަމިނަރުން ( ފިރިހެން )
އެގްޒަމިނަރުންނަށްކުރިމަތިލައްވާފަރާތްތަކުގެޝަރުތުތައް:
1. A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
2. ފާއިތުވި 3 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން.
3. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
4. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
5. އުމުރުން 55 އަހަރު ނުވާ މީހެއް ކަމުގައިވުން.
6. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ނުވުން.
7. ޑްރައިވިން ސްކޫލެއްގައި ވޭތުވެ ދިޔަ 5 އަހަރު އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން. އަދި ކުރަމުންދާ މީހެއް ކަމުގައި ނުވުން.
އެގްޒަމިނަރަށްދެވޭއުޖޫރަ
· A0 އަދި A1 ގެ ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް -/35 ރ (ތިރީސް ފަސްރުފިޔާ)
· ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ދުވަސްތަކާއި ގަޑި ކަނޑައެޅުމައްފަހު، ކައުންސިލް އިދާރާއިން އެގްޒަމިރުންނަށް އަންގާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 އޯގަސްޓް 2 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކާއިއެކު އެ ފަރާތެއްގެ ލައިސަންސް ކޮޕީ އަދި އައި.ޑީ ކާޑް ކޮޕީ މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.